ބާޒާރަށް ފިޔާ ލިބުން ދަތިވެ ފިޔަލުގެ އަގު އަތްނުފޯރާފަށް އަރައިފިއެވެ.
ބާޒާރުގައި މިއަދު ފިޔާ ކިލޯއެއްގެ އަގު 50-75 ދެމެދުގެ އަގުތަކަށް އުފުލިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އަދި އިއްޔެ ބާޒާރުން ފިޔާ ވަނީ އެއްކޮށް ހުސްވެފައެވެ.
މިފަހުން ދުވަހެއް ދުވަހަކަށް ތަކެތީގެ އަގުތައް ދަނީ އުފުލެމުންނެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.