މޫސުން ގޯސްވުމުގެ ސަބަބުން ކުޅުދޫފުށީ އެއާޕޯޓަށް ޖައްސަން އައި މަތިންދާ ބޯޓެއް އެނބުރި ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް ޖައްސައިފިއެވެ.
މިއަދު ހެނދުނު މާލެއިން ފުރި މޯލްޑިވިއަންގެ ފްލައިޓް ކިއު 2442، ވައިބާރުވުމުގެ ސަބަބުން އެ ރަށަށް ނުޖެއްސިގެން އެނބުރި އައިސް ޖައްސާފައިވަނީ ވީއައިއޭއަށެވެ.
މި ބޯޓު ކުޅުދުއްފުށީ އެއާޕޯޓަށް ދާން ފުރީ މިއަދު ހެނދުނު 8:34 ގައެވެ. އަދި ހެނދުނު 9:20 ގައި ކުޅުދުއްފުށީ އެއާޕޯޓަށް ޖައްސަން އޮތް އެ ބޯޓަށް އެ އާއާޕޯޓަށް ނުޖެއްސި ދެ ގަޑިއެއްގެ އިރު މަތީ އުދުހެން ޖެހުނެވެ.
އެގޮތުން ދެ ގަޑިއިރެއްހާއިރު މަތީ އުދުހުމަށްފަހު ބޯޓު ވީއައިއޭގައި ޖެއްސީ ހެނދުނު 11:00 ގައެވެ.
މޫސުމާ ބެހޭ އިދާރާއިން ވަނީ މިއަދު ހެނދުނު 11:45 އިން ހަވީރު 4:00އަށް ކުޅުދުއްފުށި ހިމެނޭ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ.