ރޭ ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި ތޫނު އެއްޗަކުން އިންޑިއާގެ ރައްޔިތަކަށް ހަމަލާދިން މައްސަލައިގައި
16 އަހަރުގެ ކުއްޖެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ، ހިޔާ ޕާކްގައި ހިންގި މާރާމާރީއަކާ ގުޅިގެން 16 އަހަރުގެ
ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި މާރާ މާރީގައި އަނިޔާވި ފަރާތަށް
މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.