ތ.ކަނޑޫދޫ ސުކޫލުގައި ކިޔަވައިދޭ އިންޑިއާ ޓީޗަރަކު އެ ސުކޫލު ދަރިވަރެއްގެ އިނގިލީގައި ހިފާ އަނބުރާލާ ހުޅުން ނައްޓާލައިފިއެވެ.
މިއަދު ހެނދުނު 10:55 ހާއިރު ހިނގި މި ހާދިސާަގައި އަނިޔާވެފައިވަނީ 11 އަހަރުގެ ކުއްޖަކަށެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަނިޔާ ލިބުނު ކުއްޖާއަށް ކަނޑޫދޫ ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުން ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.