ާއެނިިމަލް ވެލްފެއާ މިނިސްޓްރީގައި 48 ސިޔާސީ މުވައްޒަފުން- ބުޅާ ފެސިލިޓީގައި 30 ބުޅާ!

Maryam Ulya
By Maryam Ulya Add a Comment 1 Min Read

އެނިމަލް ވެލްފެއާ މިނިސްޓްރީގައި 48 ސިޔާސީ މުވައްޒަފުން އެބަތިބި ކަމަށް މިނިސްޓަރ މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ އިއްޔެ ބޭއްވި ރައްޔިތުންގެ ނަޖިލީހުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނިއުޝާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ ވަނީ ބުޅާ ފެސިލިޓީއާ ބެހޭ ގޮތުންވެސް އިއްޔެ މައުލޫމާތު ތަކެއް ދެއްވާފައެވެ. އެގޮތުން މާލޭގެ މަގުމަތީގައި ބުޅާ އުޅޭ މައްސަލަ ހައްލު ކުރެއްވުމަށް  ސަރުކާރުން ބުޅާ ފެސިލިޓީގެ މަސައްކަތް ފަށާފައިވާއިރު މި ވަގުތު އެ ފެސިލިޓީގައި ތިބީ 30 ބުޅާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މި ފެސިލިޓީއަށް ގެންދެވޭ ބުޅާތަކަށް ޚަރަދު ވާނެ ކަމަށް ބެލެވޭ ތަފާސް ހިސާބުތަށް އިއްޔެ އާއްމުކޮށްފައިވާ އިރު މިކަމަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

“ނޮން ރިކަރެންޓް ހަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ދަންނަވާލަން އަދި ފެސިލިޓީގައި 2،000 ބުޅަލަށް މަހަކު ހަތް ލައްކަ ރުފިޔާ ހަރަދުވާނެ. އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ. އަހަރަކު 10.8 މިލިއަން ރުފިޔާ ހޭދަވާނެ” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި މަހެއްގެ މައްޗަށް ބުޅަލަކަށް 5416 ރުފިޔާ ހަރަދުވާނެ ކަމަށެވެ.

ސަރުކާރުން ހަރަދު ކުޑަ ކުރުމުގެ މަޝްރޫއެއް ގެންގުޅޭ ކަމުގައި ބުނި ނަމަވެސް ސިޔާސީ މުވައްޒަފުންގެ އަދަދު ސަރުކާރުން ބުނި ވަރަށް ވުރެން ގިނަ ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. ރައީސް ޑރ މުއިއްޒުގެ ރިޔާސީ ވައުދުފުޅުގައި ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެން ގިނަ ނުކުރާނެ ކަމަށެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ އެކު ބޭއްވެވި ކޮންފަރެސްގައި ރައީސް ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދު ނޫސްތަކަށް ލިޔުމަކުން ހާމަކުރައްވާނެ ކަމަށެވެ.

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *