ހއ. އުތީމަށް ފުޓްސެލް ދަނޑު ހެދުމަށް ބޭނުންވާ ސާމާނު ހިފައިގެން އައި ދޯންޏެއްގެ ކައްޕިއާއި މީހަކާ ދެމެދު ހިނގި ހަމަނުޖެހުމަކާއި ގުޅިގެން ކައްޕި މީހަކަށް ވަޅިން ހަމަލާދީ މަރާލާނެ ކަމުގެ އިންޒާރު ދިނުމާއި ގުޅިގެން ހައްޔަރު ކޮށްފިއެވެ.
މިއަދު މެންދުރު ހިނގި މި ހާދިސާގައި ކައްޕިއާއި އުތީމު ރައްޔިތެއްގެ ދެމެދު ހިނގި ހަމަނުޖެހުމަކާއި ގުޅިގެން ކައްޕި އެމީހާއަށް މަރުގެ އިންޒާރު ދިނުމުން ރައްޔިތުން ނިކުމެ އޭނާ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.



