ހޯމް މިނިސްޓަރ އިހުސާން މަގާމުން ވަކިކުރުމުގެ ވިސްނުމެއް ނެތް ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރ އިހުސާންއަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގިނަ ތުހުމަތުތަކެއް ކުރައްވާ ބައެއް މައްސަލަތަކަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތަކެއް ދަނީ ކުރަމުންނެވެ.
އެގޮތުން މާލޭގައި ކުރެވޭ ބައެއް މުޒާހަރާތަކުގައި މިނިސްޓަ އިހުސާންގެ އިސްތިއުފާއަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. މިކަމާ ގުޅިގެން މިނިސްޓަރ އިހުސާން މީގެ ކުރިން ވިދާޅުވީ އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މީގެ އިތުރުން މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އިހުސާން މަގާމުން ވަކިކުރެއްވުމުގެ ވިސްނުމެއް ނުގެން ގުޅުއްވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރައީސްގެ “އެކްސްޕެކްޓޭޝަން” އާއި އެއްވަރަށް މަސައްކަތް ނުކުރައްވާ ނަމަ އެ ބޭފުޅަކު ވަކި ކުރައްވާނެ ކަމަށެވެ. އަދި އިހުސާން އަށް ތުހުމަތު ކުރެވޭ ޕީއެންސީ ފޯމް މައްސަލަވެސް ވާނީ މަޖިލީހުން ވަރަށް ސާފުކޮށް ކިޔާދެއްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ދެން ވެސް އިތުރު އިޝޫއެއް އުޅެންޏާ ނިޒާމުގެ ތެރެއިން މަޖިލީގެ ތިއްބެވި އެކަން ގަބޫލުނުކުރައްވާ ބޭފުޅުންނަށް މައްސަލަ ބެލޭނެ-” ރައީސް”