ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، ފުލުހުންގެ ކްރައިމް ޕްރިވެންޝަން ސެންޓަރުން ބުނީ، ކުޑަކުއްޖަކަށް އެއްވެސް މީހަކު ވަޅި ވިއްކުން މިއަދުން ފެށިގެން މަނާ ވާނެ ކަމަށެވެ.
އެގޮތުން މި ގާނޫނުގައިވާ ގޮތުން ކުޑަކުއްޖަކަށް ވަޅިއެއް ވިއްކައިފި މީހަކު 20،000 ރުފިޔާއާއި އެއް ލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެެ.
މި ގާނޫނާއިއެކު ފުލުހުންނަށާއި ތަންފީޒީ އިދާރީތަކަށް ވަރަށް ބޮޑެތި ބާރުތައް ލިބިދީފައިވެއެވެ. އޭގެތެރޭގައި،
- ކޯޓު އަމުރަކާއި ނުލައި ވެސް އަމިއްލަ ތަންތަނަށް ވަދެ ތިހުމަތު ކުރެވޭ މީހާ ހައްޔަރުކުރުމުގެ ބާރު އަދި ބަލައި ފާސް ކުރުމުގެ ބާރު ލިބިގެން ދޭ
- ކަފާލާތުގެ ދަށުން ބޮޑެތި ކުށް ކުރާ މީހުން ދޫނުކުރުމުގެ ބާރު
- ބޮޑު ކުށްތަކުގައި ހައްޔަރުކުރެވޭ މީހުން އެކަހެރިކޮށް 48 ގަޑިއިރުކުރިން ވަކީލަކާ ބައްދަލު ކުރުމުގެ ފުރުސަތު ނުދިނުން ހިމެނެއެވެ.
ފުލުހުން ބުނީ ބޮޑެތި ކުށްތަކުގައި 18 އަހަރުން ދަށުގެ ފިރިހެން ކުދިން ޝާމިލްވާލެއް އިތުރުވަމުން ދާ ކަމަށެވެ. އެގޮތުން މި ގާނުނަކީ ކުޑަ ކުދިން ކުށްތަކަށް އަރައިގަތުމުން ސަލާމަތްކުރުމަށް މުހިންމު ގާނޫނެކެވެ.