ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރަ ކުޑަވެގެން ބައެއް މެންބަރުން ޝަކުވާ ކޮށްފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީގފައި ވާހަކަދައްކަވަމުން އަލިފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާން ވިދާޅުވީ، އާއްމުން ދެކޭ ގޮތާ ހިލާފަށް މަޖިލީހު މެންބަރުންގެ މުސާރަ ކުޑަ ކަމަށެވެ.
އޭނާ ވިދާޅުވީ އާއްމު ރޢްޔިތުން ދެކޭގޮތުގައި މަޖިޅިހުގެ މެންބަރުންގެ މުސާރައަކީ 85،000 ރުފިޔާއެވެ. އެހެންނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި މެންބަރުންގެ މުސާރައަކީ 42500 ރުފިޔާ ކަމަށާއި ސަލާމުގައި ހުންނަ ދުވަސް ދުވަހަށް ކޮމިޓީ އެލަވަންސް ކަމަށްވާ 20،000 ރުފިޔާ މެންބަރުންނަށް ނުލިބޭ ކަމަށެވެ.
މިކަމަށް ތާއިދުކުރައްވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރިޔާޒް ވިދާޅުވީ މަސް ނިމިގެން ދާއިރު އެކި ގޮތްގޮތަށް ހަރަދުކޮށް ކޮށް މެންބަރުން ތިބެން ޖެހެނީ ވަރަށް ނުތަނަވަސް ކަމެއްގެ ތެރޭގައި ކަމަށެވެ.