ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން އެކި އެކި ހިދުމަތްތަކަށް ބުރޫ އަރާފައިވާ އިރު ގަޑިއެއްގެ އިރު ފަހުން ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ ކަރަންޓުގެ ހިދުމަތްތައް ދޭން ފަށާފައެވެ.
ސްޓެލްކޯއިން ބުނީ މައްސަލަ ހައްލު ކުރެވުނުހާ އަވަހަކަށް ކަރަންޓުގެ ހިދުމަތްތައް ދޭން ފަށާނެކަމަށްށެވެ.