އިމިގްރޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެ އިދާރާގެ އޮޕަރޭޝަންތަކުގައި އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފިއެވެ.
އިމިގްރޭޝަނުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށީ، އެ އިދާރާގެ މަސައްކަތްތައް ވީހާވެސް ދެފުއް ފެންނަ ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިޔުމަށް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ އެތައް ބިދޭސީއެއް ހޯދާ ފިޔަވަޅު އަޅާފައިވާއިރު މިހާތަނަށް 6،700 އަށް ވުރެން ގިނަ ބިދޭސީން ވަނީ ޑީޕޯޓު ކޮށްލާފައެވެ.
އަދި އިމިގްރޭޝަނުން އުފައްދާފައިވާ “އިމިގްރޭޝަން ވޮޗް” ޕޯޓަލް މެދުވެރިކޮށް ގަވާއިދާ ޚިލާފަށޘް އުޅޭ ބިދޭސީންގެ 1500 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވވާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އެ އިދާރާއިން ފަށާ މިހާތަނަށް ލައްކައަކަށް ވުރެން ގިނަ ބިދޭސީންގެ މައުލޫމާތު ނަގާފައިވާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.