އިމިގްރޭޝަނުން 50 އިމިގްރޭޝަން އޮފިސަރުން ހޯދުމަށް ކުރި އިއުލާނަކާ ގުޅިގެން އެތައް ސަތޭކަ ބަޔަކު ގަދަ އަވީގައި މަގުމައްޗާއި އެކު ކިޔޫ ދަމާލާފައިވެއެވެ. މިއީ އުފާ ފާޅުކޮށް ފާހަގަކުރަން ޖެހޭވަރުގެ ކަމެއް ހެއްޔެވެ؟
https://x.com/immigrationmv/status/1926613027391955224?s=46
މިއީ އެންމެ 50 މީހުންނަށް ހުޅުވާލި ވަޒީފާގެ ފުރުސަތެކެވެ.
ގަލޮޅު ސުކޫލުގައި އިއްޔެ ހެނދުނު 9 އަކުން ހަވީރު 5 އާއި ހަމައަށް ކުރިއަށް ގެންދެވުނު އިންޓަވިއުގައި ބައިވެރިވުމަށް 861 ފަރާތަކުން ހާޒިރުވި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި އެ ވަޒީފާއަށް ޝަރުތު ހަމަވާ 758 މީހުން ތިބި ކަން ވަނީ ފާހަގަކޮށްފައެވެ.
އިމިގްރޭޝަންގެ އެ އިންޓަވިއުއަށް ލިބުނު ތަރުހީބުން އިމިގްރޭޝަންގެ މުވައްސަސާއަށް އާއްމުން ކުރާ އިތުބާރު ހާމަވެގެން ދިޔަކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް މޯލްޑިވްސް އަހްމަދު ފަސީހު ވަނީ ވިދާޅުވެފައެވެ.
ސުވާލަކީ ހަމަ ހަގީގަތުގައިވެސް އެހާ ބައިވެރު މީހުން އެ އިންޓަވިއުގައި ބައިވެރިވީ މި ސަބަބާ ހުރެ ބާއެވެ؟ ނުވަތަ ރާއްޖޭގައި ވަޒީފާގެ ދަތި ކަމާއި ހުރެ ބާއެވެ.ނުވަތަ ވަޒީފާގެ ފުރުސަތުތައް ދަށް ކަމުން ބާއެވެ؟