އަންހެނެއްގެ ކުރީގެ ފިރިމީހާއާއި މިހާރުގެ ލޯބިވެރިޔާއާއި ދެމެދު މާރާމާރީއެއް ހިނގާ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި މިއަދު ހިނގި އެ މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 13:00 ހާއިރު ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެއީ އަންހެނެއްގެ މައްސަލައިގައި އެ އަންހެން މީހާގެ ކުރީގެ ފިރިމީހާއާއި މިހާރު ލޯބިވެރިޔާއާއި ދެމެދު ހިނގި މާރާމާރީއެއްކަމަށް ފުުލުހުންނަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެ ހަމަނުޖެހުމުގައި އެ އާއިލާއިން އިތުރު ބަޔަކުވެސް ބައިވެރިވެފައިވާ ކަމަށެވެ.
އެގޮތުން އެ މާރާމާރީގައި އެކަކުގެ ބޯފެޅި، ދެމީހުންނަށްވެސް ތަފާތު ކުދި އިނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ދެމީހުންނަނށް ހޮސްޕިޓަލަށް ގެންދިޔުމަށް ފަހު ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.