ރާއްޖޭގެ ކޮންމެ ރަށެއްގަ އެއާރޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ނުހަނު ބޮޑު ހުރަހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ. ރައީސް ނަޝީދު ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރައށްތައް ގުޅާލާ، ރައްޔިތުން ރަށު ބަންދުން ފިލުވުމަކީ ކޮންމެހެން ބޭނުން ތެރިކަމެއް ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ކޮންމެ ރަށެއްގައި އެއާރޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށެވެ.
“ކުޅުދޫފުށި އެއާރޕޯޓަކީ ވެސް ވަރަށް ދެރަކޮށް ކުރެވިފައިވާ ކަމެއް. އަދި ތިނަދޫ ގައި އެއާރޕޯޓެއް އެޅުންވެސް ވާނީ ގޯހަކަށް، ފައިނުގައިވެސް އެއާރޕޯޓެއް އެޅުން ރަގަނޅެއް ނޫން”
ރާއްޖޭގެ ކޮންމެ ރަށެއްގައި އެއާރޕޯޓެއް އެޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެއީ އޭގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އެތައް އަސަރެއް ކުރާނެ ކަމެކެވެ. ކުޅުދޫފުށި އެއާރޕޯޓު އެޅުމުގައިވެސް އެންމެ ބޮޑު އެއް ކަންބޮޑު ވުމަކަށް ވީ އެކަމެވެ. އެހެން ނަމަވެސް ކުޅުދޫފުށީގައިވެސް މިހާރު ވަނީ އެއާރޕޯޓެއް ތަރައްގީކޮށްފައެވެ.