ހުޅުމާލޭގައި ކުޑަ ކުއްޖަކު އުރައިގެން މަގު ހުރަސްކުރި އަންހެނެއް ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު 9:23 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ކޮނޑު ހުޅުން ބިނދި އަނިޔާވެފައިވާ ކަމަށާއި، އެއް އަހަރާ އަށް މަހުގެ ތުއްތު ކުއްޖާގެ ބޯ ދުޅަ ވެފައިވާ ކަމަށާއި އަދި އަންހެން މީހާގެ އޮޅަބޮށި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ހުޅުމާލެ ހޮސްޕިޓަލަށް މި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ގެންގޮސްފައި ވެއެވެ.
އެކްސިޑެންޓުވި ވީޑިއޯ ފުޓޭޖެއް މިހާރު ދަނީ ސޯސަލް މީޑިއާގައި އާއްމުވަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި އަންހެން މީހާ މަގު ހުރަސް ކުރީ ކަފިހި ހުރަސް މައްޗަކުން ނޫނެވެ.