ޔުމްނު މައްސަލައިގައި ފުލުހުން ހެދި އެއްވެސް ގޯހެއް ނުފެނޭ: އިހުސާން

Maryam Ulya
By Maryam Ulya Add a Comment 1 Min Read

މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޔުމްނު ރަޝީދު މައްސަލައިގައި ފުލުހުން ހެދި ގޯހެއް ނުފެންނަ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވުނު “އަހާ” ފޯރަމްގައި ވާހަކަދައްކަމުން އިހުސާން ވިދާޅުވީ ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތުގައި ގޯހެއްވާ ކަމަށް މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށެވެ. އަދި އެހެން މައްސަލަ ތަކުގައި ރައްޔިތުންނަށް މައުލޫމާތު ނުދޭހާ އަވަހަށް މި މައްސަލައިގައި ރައްޔިތުންނަށް މައުލޫމާތުތަކެއް ދޭން ފެށި ކަމަށާއި ފުލުހުން މަސައްކަތް ކުރަމުންދަނީ ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

މީގެއިތުރުން އިހުސާން ވިދާޅުވީ ފުލުހުން ކުރާ މަސައްކަތުގައި މައްސަލައެއް އުޅޭތޯ ތަހުގީގުކުރާ ދެތިން އިދާރާއެއް އެބައޮތްކަމަށެވެ. އަދި އެ އިދާރާތަކުން އެކަންކަން ބަލަމުންދާ ކަމަށެވެ.

”  އަދި އަދަށް ދާންދެން އަޅުގަނޑާ ހިސާބަކަށް ފުލުހުން މި މައްސަލައިގައި އަމަލުކުރި ގޮތުގައި އެއްވެސް ގޯހެއް ފާހަގަވެފައެއް ނެތް”

ޔުމްނު ވެއްޓުނު މައްސަލާގައި އެކި ގޮތްގޮތަށް ވާހަކަ ފެތުރެމުން ދާއިރު ދާދި ފަހުން ޔުމްނު އާއިލާއިން ވަނީ ޕްރެސް ކޮންފަރެސްއެއް ބާއްވާފައެވެ. އެ ޕްރެސްގައި އާއިލާއިން ބުނީ ޔުމްނުގެ ހާލު ރަގަނޅުވަމުން އަންނަ ކަމަށެވެ. އަދި އެ ހާދިސާ ހިނގި ފެންޓަނޯއީ ގޭގައި އެ މައްސަލައިގައި ހައްޔަރު ކުރެވުނު ރައުދުގެ އިތުރުން ހަތަރު މީހަކު ހުރި ކަމަށް ޔުމްނު ބުނުފައިވާ ކަމަށް އާއިލާއިން ބުނެއެވެ. އެހެން ނަމަވެސް އެގެއަށް ޔުމްނުއާއި ރައުދުގެ އިތުރުން އިތުރު މީހަކު ވަންނަ ކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ.

 

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *