އޭޕްރިލް މަހު ބިލާ މާރޗް މަހު ބިލާ އެއްގޮތްވީ، އޭޕްރިލް މަހަކީ ހޫނުގަދަ މަހެއް ކަމަށް ވުމުން އެ މަހު ބިލުގައިވެސް ޑިސްކައުންޓު ހިމަނާފައިވާތީ: ސްޓެލްކޯ

Maryam Ulya
By Maryam Ulya Add a Comment 1 Min Read

ކޮންމެ އަހަރެކޭ އެއްފައިން މި އަހަރުވެސް ރޯދަ މަހާއި ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ރޯދަމަހުގެ ކަރަންޓު ބިލުން ވަނީ ރައްޔިތުންނަށް ޑިސްކައުންޓު ދީފައެވެ.

އެގޮތުން ރޯދަ މަހަށް ފަހު މި މަހު އައި އޭޕްރިލް މަހުގެ ބައެއް ބިލްތައް މާރޗް މަހުގެ ބިލާ އެއް އަދަދަކަށް އައުމުން ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރޯދަ މަހަށް ފަހު ފޮނުވި އޭޕްރިލް މަހުގެ ބިލުން ވެސް ރައްޔިތުންނަށް ޑިސްކައުންޓު ހިމަނާފައިވާ ކަމަށެވެ.

އެގޮތުން، ސްޓެލްކޯއިން ބުނީ އޭޕްރިލް މަހަކީ ހޫނު ގަދަ މަހެއް ކަމަށް ވުމުން އެ ބިލުން ވެސް ރައްޔިތުންނަށް ލުޔެއް ދީފައިވާ ކަމުން، ދެ މަހު ބިލު އެއްގޮތަކަށް އޮތީ އެ ސަބަބާއި ހުރެ ކަމަށެވެ.

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *