ޔުމްނު- އާއިލާއިން ދެނީ ސައްޙަ މައުލޫމާތު؟ އާއްމުންގެ ފަރާތުން އާއިލާއަށް ތުހުމަތުތަކެއް

Maryam Ulya
By Maryam Ulya Add a Comment 2 Min Read

މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި ވަނިކޮށް ފެނުނު ހައްވާ ޔުމްނުގެ އާއިލާއަށް އާއްމުންގެ ބައެއް ފަރާތްތަކުން ދަނީ ސުވާލުތަކެއް އުފައްދާ ތުހުމަތުތަކެއް ކުރަމުންނެވެ. މިކަމާ ގުޅިގެން އެކްސްގައި ގިނަ ޕޯސްޓުތަކެއް ފުރާލާފައި ވާއިރު، މި އެއްވެސް ކަމަކަށް އާއިލާއިން ޖަވާބު ދާރީ .ވެފައެއް ނުވެއެވެ

ފާހަގަވި ބައެއް ނުކުތާތައް:

ގިނަ ބަޔަކު ބުނަމުން ދަނީ އަމިއްލަ ފައިދާއަށާއި ސިޔާސީ ބޭނުންތަކަށް ޔުމްނުގެ އާއިލާއިން ޔުމްނު ބޭނުން ކުރަމުން ދާ ކަމަށް. އެގޮތުން ޖެންޒީއިން ހާހުން މަތިން ފެށި މުޒާހަރާގެ ކުލަވަރާއި، އަޑު ދުވަހެއް ދުވަހަކަށް ފަޑުވަމުން ދާކަން ފާހަގަވޭ.މީގެ ކުރިން މުޒާހަރާގައި ބައިވެރިވި ގިނަ ބަޔަކު ބުނަނީ ސިޔާސީ ކުލަވަރު އެ މުޒާހަރާގައި ޖެހެމުންދާތީއާއި، ސިޔާސީ ފަރާތްތަކުން މުޒާހަރާއަށް އަތް ގަދަ ކުރާތީ އެމީހުން ބައިވެރިވާން ބޭނުން ނުވާކަމަށެވެ.

ސަރުކާރުން ޔުމްނުއަށް އެހީތެރިކަން ފޯރުކޮށްދިންތަ؟

ޔުމްނުގެ އިތުރު ފަރުވާއަށް ބޭރަށް ގެންދިޔުމަށް ސަރުކާރުން އެންސްޕާ އަދި އާސަންދައިން އެހީ ދީފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އާއިލާއިން ވަނީ ޔުމްނުގެ ފަރުވާއަށް އެކަށީގެންވާ ވަރަށް އެހީ ނުލިބޭ ކަމަށް ބުނެ އާއްމުންގެ އެހީއަށް އެދިފައެވެ. އެގޮތުން އެކި ޕްލެޓްފޯމްތަކުން އާއްމުންގެ ދީލަތި އެހީތައް، މަދު ވަގުތުކޮޅެއްގެ ތެރޭގައި ޔުމްނުއަށް ވަނީ ލިބިފައެވެ. ހަމަ އެކަނި ޓިކްޓޮކް ޕްލެޓްފޯމުންވެސް ހަ ލައްކަ އަށް ވުރެން ގިނަ ރުފިޔާ ވަނީ ގަޑިއެއްގެ އިރު ތެރޭގައި ހޯދާފައެވެ.

އާއްމު މައްސަލަތަކަށް މެޑިކަލް ރިޕޯޓްތައް ހާމަނުކުރަނީ ކީއްވެ؟ އާއިލާއިން އެކަމުގައި ހުރީ ހަނު؟

އެކްސްގައި ތަކުރާރުކޮށް ޔުމްނުގެ މެޑިކަލް ރިޕޯޓްތަކާއި ބިލްތައް ހާމަކުރުމަށް އެދި ގިނަ ބަޔަކު ގޮވަމުންދާއރިު އެކަމުގައި އާއިލާއިން ހަނު ހުންނަނީ ކީއްވެ؟ އާއްމުންގެ މެދުގައިވާ އެ ސުވާލުތަކުގެ ޖަވާބު އާއިލާއިން ނުދެނީ ކީއްވެ؟ އެކަމުގެ ފަހަތުގައި ވަނީ ކޮން ކަމެއް؟

އާއިލާއިން ޔުމްނުގެ ސްޓޭޓްމެންޓް ބަދަލުކޮށްފާނެތަ؟

ޔުމްނުގެ އާއިލާއިން މުޒާހަރާ ކުރާ ބައެއް ފަރާތްތަކާއި ދެކެވިފައިވާ ވާހަކަތަކެއް ކަމަށް ބުނާ ސްކްރީން ޝޮޓްތަކެއް މިއަދު އެކްސްގައި ދަނީ ދައުރުވަމުންނެވެ. އެ ސްކްރީން ޝޮޓްތަކުން ފެންނަ ގޮތުގައި ޔުމްނުއާއި ގުޅުން ހުރި ކޮންމެވެސް ވީޑިއޯއެއް އާއްމުކޮށް ކްރައުޑް އަލުން ހޯދުމުގެ މަސައްކަތް ކުރުމާއި ގުޅިގެން ވާހަކަތަކެއް ދައްކާފައިވެއެވެ.އަދި މުޒާހަރާއަށް ޓާގެޓާ އެއްވަރަށް މީހުން ހަމަ ވެއްޖެ ނަމަ ކޮންމެވެސް ކަމެއް ފަޅައަރުވާލާ ކަހަލަ ވާހަކަތަކެއްވެސް ދެކެވިފައިވެއެވެ. މި ސްކްރީން ޝޮޓްތަކާއި ގުޅިގެން ޔުުމްނުގެ އާއިލާއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *