މާލޭގެ ދެ ސަރަހައްދެއްގައި މުޒާހަރާ ފަށައިފިއެވެ.
އެގޮތުން “ދުލެއް ނުކުރާަން” އިހުތިޖާޖު މިރޭ ކުރިއަށް ގެންދަނީ ކާނިވާ ސަރަހައްދުގައެވެ. އަދި ވާނުވާގައި ތިބި މީހުން ދޫކޮށްލުމަށް ގޮވާލާ މިވަގުތު ރާޅުގަނޑު ސަރަހައްދުގައިވެސް ދަނީ މުޒާހަރާއެއް ކުރިއަށް ގެންދަމުންނެވެ.
މީގެއިތުރުން ފާއިތުވެ ދިޔަ ހަފްތާ ތެރޭ މާލޭގެ އެކި ސަރަހައްދު ތަކުގައި އިހުތިޖާޖު ތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ސަރުކާރަށް ޕްރެޝާރ ބޮޑުވެފައި މިވާ ދަނޑިވަޅުގައި ގިނަ ބަޔަކު ދަނީ ސަރުކާރުގެ ބައެއް އިސްވެރިންގެ އިސްތިއުފާއަށް ވެސް ގޮވަމުންނެވެ.
މި މުޒާހަރާތައް ފެށުނު ފަހުން ފުލުހުންގެ ކޮމިޝަނަރ ކަމުގައި ހުންނެވި އަލީ ސުޖާއު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.ސުޖާއު އިސްތިއުފާ ދެއްވާފައިވަނީ އޭޕްރިލް މަހު 26 ވަނަ ދުވަހެވެ.