މިދިޔަ އޭޕްރިލް މަހު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު މައްސަލައާއި ގުޅިގެން ޔުމްނުއަށް އިންސާފު ހޯދާ ދިނުމަށް ޒުވާނުން ކުރާ މުޒާހަރާގައި މައްސޫރު ލަވަ ކިޔުން ތެރިޔާ މީރާ މުހައްމަދު މާޖިދުވެސް ބައިވެރިވެފިއެވެ.
މީރާ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިފަހަރު ހަމަ ދުލެއް ނުކުރާނެ ކަމަށެވެ. އަދި ޒުވާނުން މި މުޒާހަރާގެ ސްލޯގަން”ދުލެއް ނުކުރާނަން” ޓެގްކޮށްފައިވެއެވެ.
ޔުމްނުއަށް އިންސާފު ހޯދާ ދިނުމަށް ޒުވާނުން ފެށި މި އިހުތިޖާޖު މެދުކެނޑުމެއް ނެތި ކުރިއަށް ދާތާ ހަފްތާއެއް ވެފައިވީ އިރު، ރޭވަނީ އެ އިހުތިޖާޖު ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލާފައެވެ. އަދި މި އިހުތިޖާޖުގެ ދެ ބައިވެރިން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.